ހަބަރު

ރާއްޖޭގެ 42 ރަށެއްގެ ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށް އިންޑިއާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ 42 ރަށެއްގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށްޓަކައި، އިންޑިއާ ސަރުކާރުގެ ”ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް“ ގެ ދަށުން ރާއްޖެއާއި އިންޑިއާއާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. ޚާރިޖީ ވުޒާރާގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު…

ބީއެމްއެލްގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި: އަތޮޅުތެރޭގައި އަލަށް 7 ބްރާންޗެއް ހުޅުވައިފި

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް މާލީ ޚިދުމަތްތައް ފޯރުކޮށްދީ، ބޭންކިންގ ވިއުގަ އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަތޮޅުތެރޭގައި އަލަށް 7 ބްރާންޗެއް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މިއަދު ހެނދުނު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ބްރާންޗުތައް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މިއީ ރައްޔިތުންނާ ވީހާވެސް ގާތުން، ލުއިފަސޭހަކަމާއެކު…

ޒުވާން ވިޔަފާރިވެރިންނަށް ރަހުނަކާ ނުލައި 1.5 ލައްކަ ރުފިޔާގެ ލޯނު ދޫކުރަން ފަށައިފި: އެޕްލައިކުރާތާ 24 ގަޑިއިރު ތެރޭ ފައިސާ ލިބޭނެ!

ޒުވާނުންނަށް އަމާޒުކޮށްގެން ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާ ހާއްސަ ލޯނު ސްކީމެއް ކަމަށްވާ ”ޔޫތު އޮންޓްރަޕްރިނާޝިޕް ފައިނޭންސިން“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ. މި ފެސިލިޓީއަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ އެއް ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢެކެވެ. މި ސްކީމް…

މިފްކޯއަށް މަސްގަންނަން ދެމުންދިޔަ ސަބްސިޑީ އެއްކޮށް ހުއްޓާލައިފި، ޕްރޮސެސިންގ ކެޕޭސިޓީ ތިންގުނަ ކުރަނީ!

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ސަރުކާރުން ފައްޓަވާފައިވާ އިޞްލާޙީ ފިޔަވަޅުތަކުގެ ދަށުން، މިފްކޯއަށް މަސްގަތުމަށް ދައުލަތުން ދެމުން އައި ސަބްސިޑީ އެއްކޮށް ހުއްޓާލާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް އިޢުލާން ކުރައްވައިފިއެވެ. ވަޒީރު މިކަން ހާމަކުރެއްވީ މަސްވެރިކަމުގެ ދާއިރާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި…

ރައީސް މުޢިއްޒާ ސަޢޫދީގެ ޚާއްޞަ ވަފުދެއް ބައްދަލުކުރައްވައިފި: ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރަނީ

ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ އުޚުއްވަތްތެރި ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. ދެ ޤައުމުގެ އިސްވެރިންގެ ބައްދަލުވުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، ސަޢޫދީ ޢަރަބިއްޔާގެ ޚާއްޞަ ވަފުދެއް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުވުމުގައި، ސަޢޫދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު…

ހިޔާ ޓަވަރުތަކަށް އިތުރުކުރި 32 ލިފްޓާއެކު، އާންމުންގެ ބޮޑު ކަންބޮޑުވުމަށް ދާއިމީ ހައްލެއް!

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ލިފްޓުގެ ދަތިކަން ހައްލުކުރުމަށްޓަކައި ކުރިއަށްގެންދިޔަ މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލައި، އާ ލިފްޓުތައް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްގެންދިޔަ މި މަޝްރޫޢު ނިންމަވައިދެއްވައި، ލިފްޓުތައް އިފްތިތާހުކޮށްދެއްވީ ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ…

ފައިސާ ދެއްކުން ”އިންވިޒިބަލް“ ވުން: ކުރިއަށް އޮތް 5 އަހަރުގެ އެންމެ ބޮޑު އީޖާދު!

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މާލީ ދާއިރާއަށް އަންނާނެ އެންމެ ބޮޑު ބަދަލަކީ، ފައިސާ ދެއްކުމުގެ މުޢާމަލާތްތައް ފާހަގަވެސް ނުވާނެހާ ފަސޭހަ، ”އިންވިޒިބަލް“ ނިޒާމަކަށް ބަދަލުވުން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ބޭއްވުނު ޕެނަލް މަޝްވަރާއެއްގައެވެ. އޭޕީއައި…

ޗައިނާ މާކެޓު ފުޅާކުރުމަށް ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއްގެ ބޮޑު ދަތުރެއް ފަށައިފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި އެންމެ މުހިންމު އެއް ހިއްސާއެއްވާ ޗައިނާ މާކެޓު އިތުރަށް ކުރިއަރުވައި ފުޅާކުރުމަށްޓަކައި، ރާއްޖޭގެ މަތީ ފަންތީގެ ޚާއްޞަ ވަފުދެއް ޗައިނާއަށް ރަސްމީ ދަތުރެއް ފަށައިފިއެވެ. މި މަހުގެ 1 އިން 11 އަށް ކުރިއަށްދާ މި ދަތުރުގައި ރާއްޖޭގެ ވަފުދުން ޗައިނާގެ ތިން ސިޓީއަކަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ:…

އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް މުޙައްމަދު ޝަކީލު ޢައްޔަންކުރައްވައިފި

އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަޤާމަށް، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު ޝަކީލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަނުކުރައްވައިފިއެވެ. ޝަކީލް މި މަޤާމަށް އައްޔަންކުރައްވާފައިވަނީ، ކުރިން އެ ކޮމިޝަނުގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިދިޔަ މަހުގެ 24 ވަނަ ދުވަހު…

އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމުކުރުމުގެ ރަސްމީ މަޝްވަރާތައް ފަށައިފި

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ޤާއިމުކުރުމަށްޓަކައި ބާއްވާ ރަސްމީ މަޝްވަރާތައް ފަށައި، އޭގެ ފުރަތަމަ ބައްދަލުވުން މިދިޔަ ހޯމަ ދުވަހު ބާއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މި އެއްބަސްވުމުގެ މައިގަނޑު އޮނިގަނޑު ނުވަތަ ޓާމްސް އޮފް…