5 ކުންފުންޏަކުށް 1000 ހައުސިން ޔުނިޓް ތަރައްގީ ކުރަން ހަވާލު ކުރުން

1000 ހައުސިންގ ޔުނިޓުގެ މަސައްކަތް މިހަފުތާގެ ތެރޭގައި ޙަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.އެ ވުޒާއިން ވަނީ މި މަޝްރޫއު ހަވާލު ކުރެވޭނީ 100 އިންސައްތަ ދިވެހި ކުންފުނި ތަކަކައްކަންވެސް ހާމަ ކުރައްވާފައެވެ.

ގެދޮވެރިކަމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ،5 ކުންފުނިން މިމަސައްކަތް ކުރުމަށް ރާވާފައިވާއިރު ކޮންމެ ކުންފުންޏަކުންވެސް ކުރާނީ 200 ހައުސިންގ ޔުނިޓުގެ މަސައްކަތް ކަމަށެވެ. މީގެތެރެއިން ކޮންމެ ކުންފުންޏަކާ ޙަވާލުކުރާ މަޝްރޫޢުގެ ތެރެއިން 60 ޔުނިޓަކީ 2 ކޮޓަރި ކަމަށާއި، 140 ޔުނިޓަކީ 3 ކޮޓަރީގެ އެޕާޓްމަންޓުތަކެއް ކަމަށެވެ.

އޭގެ އިތުރުން ނާޒިމް ވިދާޅުވީ، މިމަޝްރޫއުގެ ދަށުން ތަރައްޤީކުރާ ޔުނިޓުތަކަކީ މިހާތަނަށް ރާއްޖޭގައި ސޯޝަލް ހައުސިންގއަށް ތަރައްޤީކޮށްފައިވާ ޔުނިޓުތަކަށްވުރެ ޖާގަ ތަނަވަސް އެޕާޓްމަންޓްތަކަކަށްވާނެ ކަމަށެވެ.

ބަނީން މާލިކް
ބަނީން މާލިކް